English Edition
Dhivehi Edition

ގިނަ އަދަދެއްގެ ވޭޕްއާއި އެއާ ގުޅޭ ސާމާނު ހޯދާ، އެ ތަކެތި ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސާ ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ވޭޕް ގެންގުޅުނު މީހާ 2000 ރުފިޔާއިން ޖޫރިމަނާކުރި ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.