English Edition
Dhivehi Edition

މި ރޭ ފެންނަ “ސުޕަރ ބްލަޑް ބުލޫ މޫން” އާއި އެކު ހިފާ ފުރިހަމަ ހަނދުކޭތަ އެއް ރާއްޖެއަށް ފެންނާތީ، ރާއްޖެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި މިރޭ ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެއް މިސްކިތެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށެވެ. އަދި މާލޭގެ އިސްލާމީ މަރުކަޒުގައި މަޣްރިބު ނަމާދު ނިންމައި ފަސް މިނެޓުގެ ވަގުތު ކޮޅަކަށް ފަހު ކޭތަ ނަމާދު ކުރުމަށް ފަހު ހާއްސަ ހުތުބާ އެއް ކިޔުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ

150 އަހަރަށް ފަހު ހިފާ ސުޕާ ބްލޫ ބްލަޑް މޫން ކޭތަ ޔޫރަޕްގެ އިރުމައްޗާއި، އޭޝިއާ އަދި އޮސްޓްރޭލިއާ އަށް ފެންނާނެ ކަމަށް ބެލެވޭ އިރު މި ހަނދުކޭތަ ރާއްޖެއަށް ފެންނަން ފަށާނީ މިއަދު ހަވީރު 5:51 ހާއިރުއެވެ.އަދި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މިރޭ 7:40 ހާއިރުގައެވެ. ކޮންމެ 156 އަހަރުން އެއްފަހަރު މިފަދަ ހަނދުކޭތައެއް ހިފާ އިރު ދެން މި ގަރުނުގެ ތެރޭގައި މިފަދަ ކޭތައެއް ނުހިފާނެއެވެ