English Edition
Dhivehi Edition

ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަން ދެއްކެވި އުސޫލްތަކަކީ ވައްކަމާއި ފަސާދައާއި އަނިޔާވެރިކަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމަނިކުފާނަން ވާދަކުރެއްވޭ ރިޔާސީ އިންތިހާބެއް ބާއްވާއިފިނަމަ ރައީސް އަބްދުﷲ ޔާމީން ބޮޑުތަކުން ބަލިކުރައްވާނެކަމަށެވެ.މީގެ އިތުރުން ނަޝީދު ވިދާޅުވީ ވެރިކަމުގައި ރައީސް ޔާމީން ދެއްކެވި އުސޫލުތަކުގެ ސަބަބުން އެ މަނިކުފާނަށް ރައްޔަތުން ނޫނޭ ބުނެފައިވާ ކަމަށެވެ

މީގެ ކުރިން ނަޝީދު ވިދާޅުވީ ބޭރުގެ ގައުމުތަކާއެކު ކުރަމުން އަންނަ މަޝްވަރާތައް ނިމިގެންދާއިރު ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވެގެންދާނެ ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާއިރު ދިވެހި ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ކުރިއަށް އޮތް އިންތިހާބުގައި ނަޝީދުއަށް ވާދައެއް ނުކުރެއްވޭނެ އެވެ