English Edition
Dhivehi Edition
ހުޅުމީދޫގައި ހުންނަ ފެރީޓާމިނަލް :ފޮޓޯ އިބްރާހިމް ޢަބްދުﷲ

އައްޑޫ ސިޓީ މީދޫގައި މޫދަށް މަސްހިފަން ގޮސް އުޅުނު މީހަކަށް ފަރުތޮޅިއެއް ހަމަލާދީ، ލިބުނު ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާއަށް މާލެ ފޮނުވައިފިއެވެ.

ރޭ ގާތްގަނޑަކަށް 20:45 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ހަސަންދީދީ (ލޯންގޭ) އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަރުތޮޅީގެ ތުންގަނޑު ހެރިފައިވަނީ ހަސަންދީދީގެ މޫނުމަތިން ނޭފަތާ ދިމާލަށެވެ. މި ހަމަލާގެ ސަބަބުން އޭނާގެ މޫނުމަތިން ނޭފަތާ ދިމާލަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އޭނާ އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ މާލެއަށް ފުރުވާލާފައެވެ.