English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރ އެމްވީ

އައްޑޫ ސިޓީގައި އާސަންދައިގެ ކައުންޓަރެއް ގާއިމުކޮށްފިއެވެ.

ރާއްޖެތެރޭގެ ރަށްތަކަށް ފަސޭހަކަމާއެކު އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އައްޑޫ ސިޓީގައި ގާއިމުކުރި އާސަންދަ ކައުންޓަރު، ގާއިމުކޮށްފައިވަނީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލްގައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހަމައެކަނި މާލެއިން، އާސަންދައިގެ ޚިދުމަތް ލިބޭގޮތަށް އޮތުމުން އެކަމުގައި ދަތި އުނދަގޫތަކައް ދިމާވަމުންދާކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެކަން ހައްލުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވަމުން މިއުވާން ވިދާޅުވީ އަތޮޅުތެރޭގެ ހުރިހާ ހިސާބަކަށް ވެސް މިހާރަށްވުރެ ފަސޭހަކަމާއެކު އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

މި ގޮތުން މިއަދު އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާސަންދައިގެ ޑެސްކެއް ގާއިމުކޮށް، ހޮސްޕިޓަލްތައް މެދުވެރިކޮށް އެ ޑެސްކުން ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.