English Edition
Dhivehi Edition
2019 ވަނަ އަހަރު އަންހެނުންގެ ކޮމިޓީ އިން ބޭއްވި ހެލްތް އެންޑްވެލްނެސް ވޯކްޝޮޕްގެ ތެރެއިން
އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން އައްޑޫސިޓީގެ ތިންރަށެއްގައި ބްރެސްޓް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
އައްޑޫ އަންހެނުންގެ ކޮމިޓީ އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަދި އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގެ އިތުރުން ކެންސަރ ސޮސައިޓީ އާއި، އައްޑޫގެ ސިއްޙީ މަރުކަޒުތައް ގުޅިގެން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް އައްޑޫސިޓީގެ ހުޅުމީދޫ، މަރަދޫ އަދި ހިތަދޫގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ކެންސަރ ސްކްރީނިންގ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ:
21 އޮކްޓޯބަރ 2022 ގެ 16:00 އިން 18:30 އަށް ހިތަދޫ ނޫރާނީ ސްކޫލްގައި.
22 އޮކްޓޯބަރ 2022 ގެ 16:00 އިން 18:30 އަށް ހުޅުމީދޫ ސިއްޙީ މަރުކަޒުގައި.
23 އޮކްޓޯބަރ 2022 ގެ 16:00 އިން 18:30 އަށް މަރަދޫ ސިއްޙީ މަރުކަޒުގައި.
އައްޑޫ އަންހެނުންގެ ކޮމިޓީގެ ނައިބް ރައީސާ ނައުމާ އަބްދުﷲ ވިދާޅުވީ އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް 18 އަހަރުންމަތީގެ ކޮންމެ މީހަކަށް ފުރުޞަތު އޮތްއިރު މިފަދަ އެއްވެސް ކަމަކަށް ޝައްކު ކުރެވޭނަމަ ހުރިހާ ޢުމުރު ފުރަޔަކަށްވެސް ސްކްރީންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ކެންސަރ ސްކްރީނިންގެ އިތުރުން ކެންސަރަށް ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް މިޓީމުން ކުރިއަށް ގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.