ބިގް ބޮސް11 ނިމި ދުވަސްތަކެއް ފާއިތުވެފައިވާ އިރު ބިގް ބޮސް ގޭގައި ހިނގައި ދިޔަ ކަންތައްތައް ޝޯ ކާމިޔާބުކުރި ޝިލްޕާ ޝިންޑޭ އަށް ހަނދާން ނައްތާނުލެވޭނެކަމަށް އޭނާ ބުނެފިއެވެ
މި ޝޯގެ ފަސްޓް ރަނަރަޕް ހީނާ އާއި ޝިލްޕާ އާއި ދެމެދު ހިނގާފައިވާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝިލްޕާ ބުނެފައިވަނީ އޭނާ ދެން ދުވަހަކުވެސް ހީނާ އާއި ބައްދަލުކުރަން ބޭނުންނުވާކަމަށެވެ. “ހީނާ އަހަންނާއި މެދު އަމަލުކޮށްފައިވަނީ ނޯކަރަކާމެދު ކަންތައް ކުރާ ގޮތަށް. ބޮގްބޮސް ގޭގައި 20 މީހުންނަށް ކެއްކުމަކީ ފައްސޭހަކަމެއް ނޫން. އަހަންނަށް ގިނައިން ކާނާ ތައްޔާރުކުރެވިއްޖެ ނަމަ އެމީހުން އެއްޗެހި ގޮވާ. މަދުން ކެއްކިއްޖެއްޔާ އަދި އެއީ މާ ބޮޑު މައްސަލައެއް. ދުވަހަކުވެސް ހީނާ އަހަރެންކޮށްދޭ މަސައްކަތުގެ އަގު ވަޒަނެއް ނުކުރޭ.”ބިގްބޮސްގެ ހަނދާންތައް އާ ކުރަމުން ޝިލްޕާ ބުންޏެވެ
މީގެ އިތުރުން ޝިލްޕާ ބުނެފައިވަނީ ފާއިތުވެ ދިޔަ 15 އަހަރު އޭނާ ކޮށްފައިވާ މަސައްކަތް މީހުން ބަލައި ނުގަށް ނަމަވެސް ބިގްބޮސްގައި ފެނިގެން ދިޔަ އޭނާގެ ހަގީގީ ސިފަތަކުގެ ސަބަބުން މީހުންގެ ލޯބި އޭނާއަށް ލިބިފައިވާކަމަށެވެ