ގޯލްޑަން ފުޓްސަލް މުބާރާތުގައި އުރީދޫ މޯލްޑިވްސްއިން ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިހާރު ރެހެންދި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ބާއްވާ މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕާނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއާފައިބާގެ ހިދުމަތް 400 ރުފިޔާއިން މަތިން ގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ހާއްސަ ގުރަކުން ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބިގެންދާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.
އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
އުރީދޫ އިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫއިން ތަފާތު އިވެންޓްތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓަށް ޒިޔާރަތް ކުރުމަށް އުރީދޫ އިން ވަނީ އެދިފައެވެ.
މި ޕްރޮމޯޝަން ކޮންމެ ހަފްތާއަކު ކުރިއަށްދާއިރު، ކޮންމެ ހަފްތާއަކުވެސް އާ ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.