English Edition
Dhivehi Edition
އަހްމަދު ނިމާލް

ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ މަޝްހޫރު ފިލްމު ޑިރެކްޓަރު، އަދި ފިލްމީ ތަރި ނިމާލް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ހުއްދަދީފިއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ސްޓްރޯކެއް ޖެހިގެން ނިމާލް، އޭޑިކޭ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު، އަނެއް ދުވަހު އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދިވެސް ނިމާލްގެ ހާލު ސީރިއަސްއިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޑޮކްޓަރުން މިހާރު އާއިލާއަށް ވަނީ ހުއްދަ ދީފައެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި ނިމާލަކީ ވަރަށް ތަޖުރިބާކާރު، އަދި ހުނަރުވެރި ތަރިއެކެވެ. 80ގެ އަހަރުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން އޭނާވަނީ ފެނިގެން ގޮސްފައެވެ. ނިމާލް ފިލްމީ ދާއިރާއަށް ނިކުތީ މީގެ 22 އަހަރު ކުރިން 1985 ވަނަ އަހަރު ޑައިރެކްޓަރު ހުސައިން ރަމީޒްގެ ފިލްމް ނުފޫޒް އިންނެވެ. ނިމާލްގެ ސިޓީ، އިރު އޮއްސުމުން، ސަބަބު ފަދަ ފިލްމުތަކަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ ފިލްމުތަކެވެ.

ނިމާލް ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާ ލޯބި އެނގޭނަމަ، ހާލާސް، ހިލިހިލާ، ދަރިންނަށްޓަކައި، ހަނދުކޭތަ އަކީ އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމުތަކެވެ.