English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ގައުމުގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި ހިނގާ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ސްޕެއިންގައި ހިނގި މި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވެފައިވާއިރު، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބި ޒަހަމްވެފައެވެ.

ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެއިތުރުން، މި ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ މީހުންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.