އައްޑޫސިޓީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި މިރޭ 22:15ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށެވެ. އެމްއެންޑީއެފުން ބުނީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
ފާއިތުވި 2023 އަދި 2024 ވަނަ އަހަރަކީ އައްޑޫ ސިޓީގައި އެންމެ ގިނައިން ހަވާއެރުވި ދެ އަހަރުކަމުގައިވާއިރު އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.
ހަމައެހެންމެ ރާއްޖޭގައި ފާހަގަކުރާ ބައެއް ހާއްސަ އިހްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.