English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ޓްރެންޑްގައި އުރީދޫއިން ވެސް ބައިވެރިވެއްޖެއެވެ.

މިއަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށްވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވެސް ވަނީ އެ ޓްރެންޑު ބޭނުންކޮށް މައާފަށް އެދިފައެވެ.

އުރީދޫއިން ބުނީ، ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އުރީދޫ އިން ބުނީ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަންއަށް ލޯބިކުރާ މީހުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މިއަހަރުވެސް އުރީދޫ ފަން ރަން އަށް އޮތް ލޯބި ވަރަށް ބޮޑު ކަމަށާއި މައާފަށް އެދުމުގެ ޓްރެންޑާއެކު ކަސްޓަމަރުންނާއެކު މަޖާކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެންދިޔަ ކަމަށެވެ.