English Edition
Dhivehi Edition
ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގަތުން / ފޮޓޯ: ރައީސް އޮފީސް

ފުވައްމުލައް ސިޓީގައި 400 ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.

މި މަޝްރޫއު ހަވާލުކުރެވިފައިވަނީ ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑް އާއެވެ. 469,787,688.00 ރުފިޔާގެ މި މަޝްރޫޢުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 540 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން ޏ. ފުވައްމުލައް ސިޓީގައި 3 ކޮޓަރީގެ 400 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވިގެންދާނެއެވެ. މި ޔުނިޓްތަކަކީ ފުވައްމުލަކުގެ އާބާދީގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ހައްލެއް ހޯދައިދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢަކީ ފުވައްމުލަކު ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ގެދޮރު ހޯދައިދިނުމުގެ ސަރުކާރުގެ ވައުދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.