English Edition
Dhivehi Edition
އިއްޔެ ކޮޅުވެއްޓި ބަންޑުޖަހާލި މަންޒަރު ފެންނަ ސްކްރީންޝޮޓެއް

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެތެރޭ ތަހުގީގެއް ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ މެންދުރު ފަހު 15:44ހާއިރު އެވެ. އެ ހާދިސާގައި ހަ މީހަކަށް އަނިޔާވިއެވެ. އެއީ 4 ދިވެހިންނާއި 2 ބިދޭސީންނެވެ. މި ހާދިސާގައި ގއ. ގެމަނަފުށީ، ދިލްބަހާރްގެ، އަލީ އަފްލާހް މުހައްމަދު (25އ) އާއި ބަންގްލަދޭޝް ރއްޔިތެއްކަމަށްވާ މަސްއުދު ހުސައިން (32އ) ނިޔާވެފައިވާއިރު މި ހާދިސާއާއި ގުޅިގެން އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިޔާއަތްކޮށް އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ބަނދަރާ ކައިރި ކޮށްފައި އޮތް ބޯޓަކުން، ހައިމާކުތަކެއް ކޮޅުވެއްޓިއަށް އަރުވަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު މިކަމުގައި އިހުމާލުތަކެއްވާކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.