English Edition
Dhivehi Edition
ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި މީހުން

ކަސްޓަމުން ހިފަހައްޓައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި ދެ ކޮންޓޭނާގެ ސިގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލުން ގެއްލުނު މައްސަލައިގެ ހައްޔަރު ކުރި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލާއި މިފްކޯގެ އިސް މަގާމެއްގައި ހުންނެވި މުއާޒު އަލީއެވެ.

މީގެ އިތުރުން މިމައްސަލާއިގައި ހައްޔަރުކޮށްފައިވަނީ

  • ހދ. ވައިކަރަދޫ، ނޫރަލީގެ އުމުރުން 42 އަހަރުގެ އަހްމަދު ޝަހީމް
  • ސ. ހިތަދޫ، ޗާނދަނީގެ އުމުރުން 35 އަހަރުގެ ހުސައިން ސާމިހު
  • ހ. ރުމޭނިޔާ އުމުރުން 35 އަހަރުގެ އަހްމަދު ފިރުސާން
  • ނ. މިލަދޫ، ކެނެރީގެ އުމުރުން 54 އަހަރުގެ އާދަމް ވަހީދު
  • ކ.ތުލުސްދޫ، ލިންކް އުމުރުން 52 އަހަރުގެ ހަސަން އަބްދުއްރަހްމާން

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.