English Edition
Dhivehi Edition
ހިޔާ ޓަވަރުން މީހަކު ވެއްޓުން / ފޮޓޯ: ސޯޝަލް މީޑިއާ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުގެ އަށަކުން ވެއްޓި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހަނެއް ކަމަށެވެެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ މިއަދު ހެނދުނު 8:30 ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަަަށެެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.