English Edition
Dhivehi Edition
ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ އަންހެން ރިލޭ ޓީމު --- ފޮޓޯ: އެތުލެޓިކްސް އެސޯސިއެޝަން

އިންޑިއާގައި ކުރިއަށްދާ ހަތަރުވަނަ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ލޯ މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީމުގައި އަައްޑޫ އެތުލީޓަކު ހިމެނިއްޖެއެވެ.

މި މަހުގެ 24-26 އަށް ރާންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދާފައިވަނީ 400 ގުނަ ހަތަރެއް ރިލޭ އިވެންޓުގައެވެ.

ރިލޭ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނޭ އައްޑޫގެ އެތުލީޓަކީ ހައްވާ މުޒްނާ ފާއިޒްއެވެ. ދެން މި ޓީމްގައި ހިމެނެނީ ޒިވާ މޫސާ ޝަފީއު، އައިޝަތު ޝަބާ އަދި އަހްނާ ނިޒާރެވެ.

މުބާރާތުގައި ހަ ގައުމަކުން 300 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވާއިރު މިއީ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންސްޝިޕްގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑަލެވެ. ރާއްޖޭގެ ދުވުންތެރިން ރޭސް ނިންމީ 47.79 ސިކުންތުންނެވެ.