English Edition
Dhivehi Edition
އައްޑޫގައި ހިނގި މާރާމާރީއެއްގެ ސްކްރީން ޝޮޓެއް

ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ހިތަދޫ ކެނެރީ މަގުގައި ހިނގި މާރާމާރީއެއްގެ މައްސަލަ 22:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުން ގެންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރޭ މާރާމާރީ ހިނގާފައިވަނީ ދިވެހި ފިލްމު ކަނބުލޮ ބެލުމަށް ވަން ދެ އަންހެނެއްގެ ދެމެދުގައެވެ. މި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ވީޑިއޯ އިން ފެންނަ ގޮތުން އެ މާރާމާރީ ހުއްޓުވުމަށް މާބަނޑު އަންހެނަކު މަސައްކަތްކުރާ މަންޒަރު ފެނިގެން ދެއެވެ. މި މާރާމާރީގައި މާބަނޑު އަންހެން މީހާއަށް ކޮންމެވެސް ވަރެއްގެ އަނިޔާތައް ލިބި އޭއީއެޗްއަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނިގެން ދެއެވެ.

މި މާރާމާރީ ހިނގުމަށް މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.