English Edition
Dhivehi Edition

ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ފުވައްމުލައް ސިޓީ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ހޯދަމުން ދނީ ދިގުވާނޑު، ވެލިގާ / ޏ. ފުވައްމުލައްޙަސަން ސަޢީދު (34އ)އެވެ. ފުލުހުން ވަނ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ހެންވޭރު ޕޮލިސް ސްޓޭޝަން، ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އަންގާފައެވެ.