English Edition
Dhivehi Edition
މުހައްމަދު ނައުސާން / ފޮޓޯ: ފުލުހުން

ލ. ކައްދޫ އެއާޕޯޓް ކައިރިން ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅުނު 64 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓުގައި ނިޔާވި އަންހެން މީހާގެ އިތުރުން މަގު ހުރަސް ކުރަން އުޅުނު އެހެން އަންހެނަކާއި ސައިކަލު ދުއްވަން އިން ފިރިހެން މީހާގެ އިތުރުން ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށްވެސް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ލ. ފޮނަދޫ، ހޯރަ ވިލާ މުހައްމަދު ނައުސާން (37އ) ހައްޔަރު ކޮށްފައިވާކަމަށެވެެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.