English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި، އަލްސަން މުހައްމަދުގެ އާއިލާއަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހި ހިނގި އެކްސިޑެންޓުގައި އެކަކު ނިޔާވެފައިވާއިރު، އަނިޔާވި އިތުރު ދެމީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓްގައި ދެން އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

https://x.com/mmuizzu/status/1944613200194154860?s=48

މި އެކްސިޑެންޓުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ދަރިފުޅު ނިޔާވެފައިވާއިރު، ރައީސްގެ ތައުޒިޔާ މެސެޖުގައި ވަނީ މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާ ހޯދަމުންދާ ދެ މީހުންނަށް އަވަސް ޝީފާއަކަށް އެދިވަޑައިގެންފައެވެ.