English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ރޭ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ބާރު ސްޕީޑުގައި ކާރު ދުއްވި މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި ހައްޔަރުކޮށްފައިވަނީ ކާރު ދުއްވި ހ.ފިލިމާގެ، ކ.މާލެ އައިކް ހައިޝަމް ހަސަން (18އ) ކަމަށެވެ.

ހުޅުމާލޭގައިި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ހުޅުމާލޭ ފޭސް1 އާއި ފޭސް 2ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާކަމަށް ރޭ ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެފައިވާކަން ހާމަކޮށް ފުލުހުން ބުނީ ކާރު ދުއްވި ފިރިހެން މީހާއާއި، އެ ކާރުގައި އިން އަންހެން މީހާ ހައްޔަރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.