ހުޅުމާލެ ފޭސް އެކެއް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނީ މ. ރިހިވިދުވަރުގެ / މާލެ، އަސްއަދު އަލީ (31އ)އެވެ.
ފުލުހުން ބުނީ އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
ފުލުހުން ވަނީ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، އޮގަސްޓް 17ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.