English Edition
Dhivehi Edition

އެމްޓީސީސީން “ޔަންމާ ސްޕެއާ ޕްރޮމޯ 2025” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އިފްތިތާހުކޮށް ދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސައުދީއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޓީސީސީން ބުނީ މި ޕްރޮމޯޝަން ގެ މައިގަނޑު މަގްސަދަކީ ޔަންމާ ސްޕެއާ ޕާޓްސް ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ކަމަށެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާއިރު މި ޕްރޮމޯގައި ކޮންމެ 15 ދުވަހަކުން ނަގާ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ 9.9 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، އުޅަނދުފަހަރުގެ އިންޖީނުގެ ސާވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި، މެއިންޓެނެންސް އާ ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރަތް ކުރުންވެސް ހިމެނެއެވެ.

 

 

ޓެގު