English Edition
Dhivehi Edition

ހައި ސްޕީޑް ފެރީގެ ޚިދުމަތް ގެ ހުވަދު އަތޮޅުގައި ފެށޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމައް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ “ބޮޑު ޖައްރާފާ” އިފްތިތާހްކުރުމަށާއި ގއ. ދާންދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ ދަތުރު ފަތުރުގެ ނިޒާމްމުން ގުޅާލުންކަމަށެވެ.

“މިވަގުތު ދެމުން އަންނަ ފެރީގެ ޚިދުމަތް ގިނަބަޔަކު މިހާރުވެސް ދަނީ ހޯދަމުން . މިދިޔަ މަހުގެ ނިޔަލަށް ބައިލައްކައަށްވުރެ ގިނަ މީހުން ހއ. އާއި ހދ. ގެ ރަށްތަކަށް ވަނީ ދަތުރުކޮއްފައި. މި ޚިދުމަތް މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން މިދަނީ . އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައި ސްޕިޑް ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ފެށިގެން ދާނެ” ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ރާއްޖެ ދެން ބަދަލުކޮށްލާނީ ދަތުރުފަތުރުގެ ނިޒާމަށް މި އަންނަ އިންޤިލާބީ ބަދަލުންކަމަށެވެ.

ޤައުމީ ފެރީ ނިޒާމު “ރާއްޖެ ޓްރާންސްޕޯޓް ލިންކް”ގެ ޚިދުމަތް ފަށާފައިވަނީ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ، ޖަޒީރާ ރާއްޖޭގެ ރަށްތައް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް، ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި ހައި ސްޕީޑް ފެރީ ނިޒާމެކެވެ. މި ނިޒާމުގައި ރާއްޖެ 6 ޒޯނަކަށް ބަހާލާފައިވެއެވެ.