ގދ.ފަރެސްމާތޮޑާގައި ތަރައްޤީކުރަމުންދާ އެއާރޕޯޓުގެ 5 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމް.ޓީ.ސީ.ސީ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރު ޑިސެމްބަރުމަހު އެމްޓީސީސީއާ ހަވާލުކުރި މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހު ފުރަތަމަ ދުވަހުގައި ކަމަށާއި މިމަސައްކަތުގެ ފަސް ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައި ވާ ކަމަށް އެމްޓިސީސީން މިއަދު ބުނެފިއެވެ.
Work on Design and Build of Gdh. Faresmathoda Airport is well underway, with overall 5% project progress. We have commenced runway strip excavation works on 16th January 2021. pic.twitter.com/bsPltjfbjT
— MTCC Plc (@MTCCPlc) January 19, 2021
އެ މަޝްރޫއުގައި 1200 މީޓަރުގެ ރަންވޭ އެއް އެޅުމާއި ޓެކްސީވޭ އެއް އެޅުމާއި އޭޕްރަން އެއް އެޅުމުގެ އިތުރުން ސާވިސް ރޯޑެއް ގާއިމު ކުރަންވަނީ ނިންމާފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.