“ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު” ޝޯވ މިއަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިއފިއެވެ.
ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް (އެންސީއޭ) އިން ބުނީ މި ޝޯވ މިއަހަރު އައްޑޫ ސިޓީގައި ބާއްވަނީ އަތޮޅުތަކުގައި ތިބި ފަންނާނުންނަށް މިފަދަ ހަރަކާތްތަކުގެ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ.
މިއީ “ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވ” މާލޭން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރު ވެސް މެއެވެ.
މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ މި ޝޯވ ގައި އައްޑޫ ސިޓީގެ ދެ މިއުޒިކް ބޭންޑަކާއި ބައެއް އާޓިސްޓުން ބައިވެރިވުމަށް ވަނީ ނިންމާފައެެވެ. އަދި ޓްރެފިކް ޖޭމް، އިކުއިޓިކް ވައިބް އަދި ބައެއް އަމިއްލަ ލަވަކިޔުންތެރިން ވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ފަންނާނުންތަކެއް އެއް ޝޯވއަކުން ފެންނަ އެންމެ ބޮޑު ހަރަކާތް “ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވ” އައްޑޫ ސިޓީގައި އޮންނަނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުލައި 27 އަދި 28ގައި އެންސީއޭ އަދި @AdduCityCouncil ގުޅިގެން ބާއްވާ ދިވެހި ފަންނާނުންގެ މިއުޒިކީ އީދު މިފަހަރު އައްޑޫ ސިޓީގައި..@MTCCPlc @stoplc @OoredooMaldives pic.twitter.com/UXT1Ib7zSe
— NCA (@NCA_MDV) July 22, 2022
ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއާ އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މި ޝޯވ އައްޑޫ ސިޓީގައި ބޭއްވުމަށް، އެން.ސީ.އޭއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ކައުންސިލާއެކު މިހާރުވަނީ އިންތިޒާމްތައް ހަމަޖައްސާފައެވެ.
މިފަހަރުގެ ފަންނާނުގެ މިއުޒިކް ޢީދުގެ މެއިން ސްޕޮންސަރުންނަކީ އެމް.ޓީ.ސީ.ސީއާއި އެސް.ޓީ.އޯ އަދި އުރީދޫ މޯލްޑިވްސްއެވެ.