English Edition
Dhivehi Edition

އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 10 ޕަސެންޓް ބޮޑުކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭން ނިންމައިފިއެވެ.

މި ހަފްތާއިން ފެށިގެން މި ބަދަލު ގެންނަން ނިންމާފައިވާއިރު އެމްއެމްއިން ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރު 40 ޕަސެންޓް އަށް އިތުރުކުރެވޭނެ ކަމަށެވެ. އެމްއެމްއޭ އިން ބުނީ ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓު އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުން އަންނަކަމަށެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށް ވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭ އިންވަނީ ބުނެފައެވެ.

އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދޫކުރާ 30 ޕަސެންޓު ބޭނުންކުރަނީ ހާއްސަ ކަންތައްތަކަކަށެވެ. އޭގެ ތެރޭގައި، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރުން ހިމެނޭކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.