English Edition
Dhivehi Edition

ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާ ސަލްމާންގެ ފިލްމު ޓިއުބްލައިޓްގައި ކުޑަކުއްޖެއްގެ ރޯލުން ފެނިގެންދާ މަޓިން ރޭ ތަންގޫ އާއި އެކު ސަލްމާން ފިލްމުގެ އިވެންޓެއްގައި ބައިވެރިވެއްޖެއެވެ. މިދިޔަ ހޯމަ ދުވަހު ޓިއުބްލައިޓްގެ ތަރިންނާއެކު ބޭއްވި ހަފްލާއެއްގައި “ސަޕްރައިޒެއްގެ” ގޮތުގައި ސަލްމާން ވަނީ މަޓިން ތައާރަފްކޮށްދީފައެވެ. ސަލްމާނު އާއި މަޓިންގެ މަޖާ ހަރަކާތްތަކެއް ކުރިއަށް ދިޔަ މި ހަފްލާގައި ގިނަބަޔަކުވަނީ ބައިވެރިވެފައެވެ. މީގެ ކުރިންވެސް ސަލްމާންވަނީ އޭނާގެ ގިނަ ފިލްމުތަކުގައި ކުޑަކުދިންނާއެކު ގިނަ ރޯލުތަކުން ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ބަޖްރަންގީ ބައިޖާން އާއި ޕަޓްނާއަކީ އާންމުންގެ ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމުތަކެވެ. މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހު ސަލްމާން އާއި ގޯވިންދާ އެކުގައި ފެނިގެން ދިޔަ ފިލްމު “ޕާޓްނާ” ގައި ކުޑަ ކުއްޖެއްގެ ރޯލު ކުޅެފައިވާ އަލީ ހާޖީ(ރޯހަން) ވަނީ ސަލްމާން އާއި ބައްދަލުކޮށްފައެވެ. 09 އަހަރު ފަހުން ސަލްމާން އާއި އެކު އަލީ ނަގާފައިވާ ފޮޓޯތައް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބަޔަކު ބުނެފައިވަނީ އެ ދެމެދުގައި އަދިވެސް ވަނީ ފިލްމުގައި ފެނިގެން ދިޔަ ބައްޕައާއި ދަރިފުޅުގެ ގާތް ގުޅުންކަމުގައެވެ