English Edition
Dhivehi Edition
މައި މަރުކަޒުގައި އާބަންކޯގެ ނަން އެޗްޑީސީގެ ނަމަށް ބަދަލުކޮށްފައި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން އެ ކުންފުނީގެ އޮޑިޓަރު އަންގައިފިއެވެ.

އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު އިއޔެ ނެރުނު އިންޓާނަލް މެމޯއެއްގައިވާ ގޮތުން، އެ ކުންފުނިން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން ވަނީ އަންގާފައެވެ. އެގޮތުން “ބިންވެރިޔާ ސްކީމް”އާ ގުޅޭ ހުރިހާ މުއާމަލާތްތަކާ، ބިމާއި ކޮމާޝަލް އަދި ރެސިޑެންސް ޔުނިޓްތައް ދޫކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އިމަޖެންސީ ހާލަތެއްގައި މެނުވީ އެއްވެސް ޕްރޮކިއުމެންޓް މުއާމަލާތެއް ނުހިންގުމަށް ވަނީ އަންގާފައެވެ. އަދި ފައިސާ ދެއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން ވެސް މެމޯގައި އަންގާފައިވާއިރު އެއްވެސް މުވައްޒަފަކު ވަކިކުރުމާއި އަލަށް މަގާމުތަކަށް މީހުން ނެގުން މަޑުޖައްސާލުމަށްވެސް ވަނީ އަންގާފައެވެ.