English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

އާ ވިޔަފާރިތައް ތަރައްގީކުރުމަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ދޫކުރާ ސްޓާޓަޕް ގްރާންޓު ލިބޭ ދެ ވިޔަފާރި ހޮވައިފިއެވެ.

މި ގްރާންޓަކީ އަލަށް ފަށާ ވިޔަފާރިތަކާއި މިހާރު ކުރިއަރަމުން އަންނަ ވިޔަފާރިތައް ތަރައްގީކުރުމަށް އެ ބޭންކުން ދޭ 500،000ރ. ގެ ހިލޭ އެހީއެކެވެ.

މި އަހަރު މި ގްރާންޓު ކާމިޔާބު ކުރީ ދަ އައިލެންޑް ފެކްޓްރީ އާއި އާފްޓާ ސްކޫލްއެވެ. ދަ އައިލެންޑް ފެކްޓްރީއަށް ގްރާންޓު ދިނީ ރާއްޖޭގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތަކުގެ ސިނާއަތަށް، ފެންވަރު ރަނގަޅު، އީޖާދީ ލުއިކާނާ އުފެއްދުމަށް ފެކްޓްރީއެއް ގާއިމްކުރުމަށެވެ. އާފްޓާ ސްކޫލަށް ގްރާންޓު ދިނީ އަމިއްލައަށް ފަރުމާކޮށްގެން ރާއްޖޭގައި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، މެތަމެޓިކްސް) ކިޓު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށެވެ.

ބީއެމްއެލްއިން ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބުކުރި ފަރާތްތައް ހޮވީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދިޔަ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު ކަމަށެވެ.