English Edition
Dhivehi Edition
ފުލުހުން ހޯދަމުން އަންނަ މަލީހާ ފޮޓޯ: ފޮލިސް

ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދުމަށް އިއުލާންކޮށްފައިވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ (22އ)އެވެ.

ފުލުހުން ބުނީ ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެެ.

އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ޓެގު