‘ބިގް ބޮސް11’ ގެ ދެވަނަ ރަނަރަޕް ވިކާސް ގުޕްތާ އަށް ލިބުނު ފައިސާގެ އިނާމް ޝޯގެ ދެ ބައިވެރިއަކަށް ބަހަން ނިންމައިފިއެވެ
މުޅި ޝޯގައިވެސް އެންމެ ސިކުނޑި ރަގަޅު މޮޅު ސްޓަންޓް ޖެއްސި ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ވިކާސް އޭނާއަށް ލިބުނު 6 ލައްކަ ރުފިޔާ ބަހަން ނިންމާފައިވަނީ އަރްޝީ ޙާން އާއި ޖޯތީ ކުމާރީއަށެވެ. ކޮންމެ ބައިވެރިއަކަށް ތިން ލައްކަ ރުފިޔާ ބަހަން ނިންމާފައިވާ ވިކާސް ބުނެފައިވަނީ މުޅި ޝޯގައިވެސް އޭނާއަށް އެންމެ ސަޕޯޓްކުރި ދެ ބައިވެރިންނަކީ އަރްޝީ އާއި ޖޯތީ ކަމުގައެވެ. “ބިގް ބޮސް ގޭގައި އަހަންނާއި އެއްކޮޅަށް އަބަދުވެސް ޖޯތީ ވަކާލާތުކުރި.މީހަކު އަހަންނާއި ދިމާއަށް އެއްޗެއް ބުންޏަސް އަބަދުވެސް އަހަރެންގެ ދިފާއުގައި އެ ދެބައިވެރިން ނިކުމޭ.” ބިގް ބޮސް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ހީކޮށްފައިވާ ވިކާސް ބުންޏެވެ
މުޅި ޝޯގައިވެސް ވިކާސް އާއި ހިނާ ހާން އާއި ދެމެދު ބޮޑެތި ޒުވާބުތަކާއި ހަމަނުޖެހުންތައް ހިގާފައިވާއިރު މި އަހަރުގެ ޝޯގެ ފަސްޓް ރަނަރަޕަކީ ހީނާއެވެ. ގިނަ ބައެއްގެ ލޯތްބާއި ތާއީދު ހޯދައިގެން މިއަހަރުގެ ޝޯ ކާމިޔާބުކޮށްފައިވަނީ ޝިލްޕާއެވެ