English Edition
Dhivehi Edition
މާލެ މަގުމަތި / ފޮޓޯ:ފަޔާޒު މޫސާ

ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލަ ފުލުހުން ތަހްގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުން ކަރަންޓް ކަނޑުނު މައްސަލައިގައި ކަން ހިނގި ގޮތް ބެލުމަށް ފުލުހުންގެ ހާއްސަ ތަހްގީގެއް ފަށާފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ.

މިއަދު މެންދުރު މާލެ، ހުޅުމާލެ، އަދި ހުޅުލެއިން ކަރަންޓް ކެނޑިފައިވާ އިރު ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.