English Edition
Dhivehi Edition
ކުރީގެ ރައީސް ނަޝީދު --ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މީގެ ކުރިން ވެސް ދެ ބޭފުޅުންގެ މެދުގައި އެފަދަ މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި، ކުރިމަގުގައި ވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށެވެ. ސިޔާސީ މައިދާނުގައި މިފަދަ ވާހަކަތަކަކީ ބައެއް ފަރާތްތަކުން އުފައްދާ ”ކޮންސްޕިރަސީ“ ނުވަތަ ރޭވުންތަކެއް ކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
މިއީ ސިޔާސީ މީހުންގެ މެދުގައި ޝައްކާއި ވަހުމު އުފެއްދުމަށް ދައްކާ ވާހަކަތަކެއްކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ސިޔާސީ ހަޔާތުގައި ދުވަހަކުވެސް މީހަކަށް ގެއްލުމެއް ލިބޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިމަގުގައި ވެސް އެގޮތުގައި ދެމިހުންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ނަޝީދު ވިދާޅުވީ އެ މަނިކުފާނާ މެދު މީހުން ދެކޭ ގޮތް ތަފާތު ވެދާނެކަމަށާއި ނަމަވެސް، ބުނާ ބަހުގައި ހިފަހައްޓާ އަދި އެހެން މީހުންނަށް ދެރައެއްދިނުމުގެ ނިޔަތުގައި ކަންކަން ކުރާނެ މީހެއް ނޫން ކަމަށެވެ.