English Edition
Dhivehi Edition
Processed with VSCO with we4 preset

ފުވައްމުލަކު ސިޓީގައި ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ސިޓީގެ އެއާޕޯޓުގައި އާ ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ހުޅުވައިފިއެވެ.

މިއީ ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކުރި 4 ވަނަ އޭޓީއެމްއެވެ. މިއާއެކު މިހާރު އެ ސިޓީގައި ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމަށް ހާއްސަ 3 އޭޓީއެމް އަދި އެމެރިކާ ޑޮލަރު މުއާމަލާތްތަކަށް ހާއްސަ 1 އޭޓީއެމް ހުންނާނެއެވެ.

ބީއެމްއެލްއިން ބުނީ އެއާޕޯޓުގައި މި ހުޅުވުނު އާ އޭޓީއެމްގެ ސަބަބުން އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޭންކުގެ މުހިންމު ހިދުމަތްތައް 24 ގަޑިއިރު ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމުގެ އިތުރުން ކްރެޑިޓް ކާޑްތަކަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ހިމެނެއެވެ.

ބީއެމްއެލް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 338 އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމުކޮށްފައެވެ.