ޔޭ ރިޝްތާ ކިޔާ ކެހެލާތޭހޭ” އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން(އަކްޝަރާ) ބަލިކުރުމަށްފަހު “ބިގް ބޮސް ސީޒަން 11” ޓްރޮފީ ޝިލްޕާ ޝިންޑޭ ކާމިޔާބުކޮށްފިއެވެ
ބިގް ބޮސް ކާމިޔާބު ކުރި ޝިލްޕާއަށް ޓްރޮފީއާއެކު 44 ލައްކަ ރުޕީސް ލިބުނުއިރު ޝިލްޕާ ބުނެފައިވަނީ ޝޯ ކާމިޔާބުކުރެވުނީ އޭނާގެ ފޭނުން ކުރި ތާއީދެއްގެ ސަބަބުން ކަމަށާއި އެ ކާމިޔާބީގެ ހައްގުވެރިންނަކީ ފޭނުންކަމުގައެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ޝޯގެ ފައިނަލަށް ދިޔަ ހަތަރު މީހުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބުނު ދެ މީހުން ކަޓުވާލުމަށްފަހު އެންމެ ފަހުން ތިބޭ ދެ ބައިވެރިންނަށް އަލުން ވޯޓުލާން ހުޅުވާލީ ޝޯގެ ވަކި ހިސާބަކުންނެވެ. ޝޯގެތެރެއިން ވަގުތުން ވޯޓު ގުނުމަށްފަހު ޝޯ ކާމިޔާބުކުރި ފަރާތް އިއުލާން ކުރަމުން ސަލްމާން ބުނެފައިވަނީ ޝިލްޕާ އަށް ޝޯ ކާމިޔާބުކުރެވުނީ ހީނާއަށްވުރެ ހާހެއްހާ ވޯޓު އިތުރަށް ލިބުމުން ކަމުގައެވެ
ޝޯގެ ނަތީޖާއާއި ގުޅިގެން ހީނާ އެއްވެސް އެއްޗެއް ބުނެފައިނުވާއިރު ހީނާގެ ފޭނުންވަނީ މީސްމީޑިއާގައި ޝޯ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ހީނާއަކީ ހަގީގަތުގައި މިޝޯ ކާމިޔާބުކުރި ފަރާތްކަމުގައެވެ. އަދި ޝޯ އުފައްދާ ފަރާތުން މާކުރިންވެސް ޝިލްޕާއަށް އެ މަގާމުދޭން ނިންމާފައިވާކަމަށް ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ. ޝޯ ހުށަހަޅާފަރާތައް ރައްދުވި ފާޑު ކިޔުންތަކާއެކު ގިނަ ބަޔަކުވަނީ ޝިލްޕާއަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ
ބިގް ބޮސް ގޭގައި ސަތޭކައަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ހީނާވަނީ މި ޝޯގެ ތެރޭގައި އޭނާ އާއި ހަވާލުކުރެވުނު ހުރިހާ ޓާސްކެއްވެސް ވަރަށް ފުރިހަމައަށް ނިންމާފައެވެ. ހަމަ އެއާއެކު ގިނަ ބަޔަކު ހައިރާންކޮށް ހީނާގެ ރުޅިގަދަކަމާއި ރުންކުރުކަން އަދި އެހެން މީހުންނާއި ޒުވާބުކުރުމުގެ ބައިވެސް ވަނީ ފެނިގެން ގޮސްފައެވެ. މުޅި ޝޯގެ ތެރޭގައިވެސް އެންމެ ގިނައިން ރުއި ފަރާތަކީ ހީނާއަށް ވާއިރު އޭނާ ވަނީ ޝޯގައި އޭނާގެ މިޒާޖުގައިވާ މަޖާކަމާއި އެކުވެރިކަންވެސް ދައްކާފައެވެ