English Edition
Dhivehi Edition
ރޭ އެސްޓިއޯއިން ބޭއްވި އަހަރީ އާންމު ޖަލްސާ

މި އަހަރު ވެސް އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށް އަހަރީ އާންމު ޖަލްސާ ނުނިމެނީސް، ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ރޭ ޖަމާކޮށްދީފިއެވެ.

އެސްޓީއޯގެ ހިއްސާދާރުން ވޯޓު ދިންތާ 15 މިނެޓުގެ ތެރޭގައި ހިއްސާދާރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާއިރު، ހިއްސާދާރުންނަށް 90 މިލިއަން ރުފިޔާ ބެހުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 6 ޕަސެންޓުގެ ދަށްވުމެކެވެ. އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވާތީ ލިބުނު އާމްދަނީ ދަށްވެފައިވާކަމަށެވެ.

އެސްޓިއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން އެސްޓީއޯ އިން ވަނީ ޓެކުހަށް ކެނޑުމަށް ފަހު މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 717 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްފައެވެ.

ޓެގު