އުރީދޫ ނޭޝަން އިންޓާ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ބައިވެރިވި މި ޓޯނަމަންޓަކީ ރާއްޖޭގައި ވެސް ބޭއްވުނު ފުރަތަމަ އީސްޕޯޓްސް ޓޯނަމަންޓެވެ.
އުރީދޫއިން ބުނީ ޓީމުތައް ވާދަކޮށްފައިވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޯބައިލްގައި ކަމަށެވެ.
އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އުރީދޫއިން މި މުބާރާތް ބާއްވާފައި ވަނީ މުޅިން އޮންލައިންކޮށެވެ. އުރީދޫއިން ބުނީ އެއީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް މި ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.