އޯރިޑޫ މާލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނިން “މާސްޓަރކާޑު ގިވްއަވޭ” ޕްރޮމޯޝަން އިފްތިތާހުކޮށް، ކަސްޓަމަރުންނަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 30، 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕަރއެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަރކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ. މި ޝަރުތު ހަމަވާ ކޮންމެ މުޢާމަލާތަކާއެކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އެޕް މެދުވެރިކޮށް މަދުވެގެން 400 ރުފިޔާގެ އެއް މުއާމަލާތް މާސްޓަރކާޑުން ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ އެއް ފުރުސަތު ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ސޭވްކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ދެ ފުރުސަތު ލިބޭއިރު، މާސްޓަރކާޑު ބޭނުންކޮށްގެން އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކަށް ފަސް ފުރުސަތު ލިބޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޝަރުޠު ހަމަވާ ގިނަ މުއާމަލާތްތަކެއް ކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކުރެވޭނެކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އުރީދޫ އެޕް މެދުވެރިކޮށް ލިބެން ހުންނަ އޮޓޯޕޭގެ ސަބަބުން ކާޑުގެ މައުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީހެއްގައި އޮޓޯއިން ފައިސާ ދެއްކޭގޮތް ހަމަޖެއްސެއެވެ. އަމިއްލައަށް ހަނދާންކޮށްގެން ފައިސާ ދެއްކުމުގެ ބަދަލުގައި، އޮޓޯޕޭ ސެޓްއަޕް ކުރުމުން ޝަރުޠު ހަމަވާ މުޢާމަލާތްތައް އޮޓޯއިން ކުރިއަށްދާނެއެވެ
އުރީދޫ ހިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް “އެވީ” މެދުވެރިކޮށް މަޢުލޫމާތާއި އެހީތެރިކަން ހޯދޭނެއެވެ. ޕްރޮމޯޝަން މުއްދަތު ނިމުމުން، ޝަރުޠު ހަމަވާ ކަސްޓަމަރުންގެ މެދުގައި އުރީދޫއިން ނަގާ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ލިބޭނެއެވެ. ގުރުއަތު ނަގާ ވަގުތު ކަސްޓަމަރަކީ ހިދުމަތް މެދުކެނޑިފައިނުވާ އަދި ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ނެތް ކަސްޓަމަރަކަށް ވާންޖެހޭނެއެވެ. ޓޫރިސްޓް އަދި މޮބައިލް ބްރޯޑްބޭންޑް ޕްލޭންތައް މި ޕްރޮމޯޝަނުގައި ނުހިމެނެއެވެ.
އެހެންކަމުން އެއްފަހަރު ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް، ސޭވްކޮށްފައިވާ ކާޑަކުން ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް ނުވަތަ އޮޓޯޕޭ މެދުވެރިކޮށް ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް، މާސްޓަރކާޑުން ކުރާ ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކީ މެލޭޝިޔާ ދަތުރާ ގާތަށް އެޅޭ ފިޔަވަޅެކެވެ.