English Edition
Dhivehi Edition
ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗް ފޮޓޯ: އީމާން

އައްޑޫ ސިޓި މީދޫގެ މަގުމަތީގައި ގަވައިދާއި ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތަކާއި، ތަކެތި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިވިއެެވެ.

ކައުންސުލުން ބުނީ މީދޫގައި ހިންގާ ގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި އުޅަނދުތައް ގަވައިދާއި ހިލާފަށް ބަހައްޓާފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ މީގެ އިތުރުން ޖޯލިފައްޗާއި، ގަލާއި، ވެއްޔާއި، ކުނި ފަދަ ތަކެތި ގަވާއިދާ ހިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިގޮތަށް މަގުމައްޗަށް ވެހިކަލާއި ތަކެތި ދޫކޮށްފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ދިމާވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓް ތަކަށް މަގުފަހިވާ ކަމެއްކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ގިނަ ދުވަސްވަންދެން މަގު މަތީގައި ބަހައްޓާފައިވާ ބައު އުޅަނދުތަކާއި، މަގު މައްޗަށް ދަތިވާގޮތަށް ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 07 ދަވަހުގެ ތެރޭގައި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ އަދި މިމުއްދަތުގެ ތެރޭގައި މިތަކެތި ނުނަގައިފިނަމަ އާންމު ތަންތަނާއި މަގުމައްޗާއި ފަޅުތެރެއަށް ދުކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން އެތަކެއްޗަކީ ދޫކޮށްފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު، އެޞަރަޙައްދުން އެތަކެތި ނަގާނެ ކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އުޅަނދުތަކާއި ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް އަވަށު އޮފީހުން ޒިންމާ ނުވާނެ ކަމަށެވެ. އަދި މިގޮތަށް ނެގޭތަކެތި ވަގުތީގޮތުން ގެންދެވޭ ސަރަހައްދުން 30 ދުވަސްތެރޭގައި ނުނަގައިފިނަމަ އެތަކެތި ނައްތާލެވޭނެ ކަމަށެވެ.