English Edition
Dhivehi Edition

ޕްރައިމަރީ އަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި، ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ

މިއަދު ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އަމީތު ވިދާޅުވީ ކުރިއަށްއޮށް ރިޔާސީ އިންތިޚާބަށް ޕްރައިމަރީ އަކާ ނުލައި ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީން ވިސްނާފައިވީ ނަމަވެސް އެއީ ގަވައިދާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ކަމެއްކަމަށެވެ. މީގެ އިތުރުން އަމީތު ވިދާޅުވީ ގައުމެއްގެ ރައީސަކު ދެވަނަ ދައުރަކަށް ކުރިމަތިލާއިރު އެއީ ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކުގެ ދަށުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި ވަކި ފެކްޝަނެއްގެ ގޮތުގައި ޕީޕީއެމް ހިންގި ނަމަވެސް އެ ޕާޓީވެސް ދެމި އޮންނަން ޖެހޭނީ ޑިމޮކްރެޓިކް އުސޫލުތަކުގެ ދަށުން ކަމަށެވެ

ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ޕީޕީއެމްގެ ކައުންސިލަށް ގަރާރެއް ހުށަހަޅަން އުޅުނު ހިސާބުން އެ ޕާޓީގެ އެތެރޭގެ މައްސަލަތައް ގޯސްވެ ގިނަ މެމްބަރުންތަކެއް ވަނީ ޕާޓީން ވަކިވެފައެވެ