ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ހޯދުމަށް އެސްޓީއޯއިން، އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް މި އެއްބަސްވުމުގެ ދަށުން ހަމެޖެހޭނެ ކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އަދި މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށާއި ނަމަވެސް މި އެއްބަސްވުމުގެ ދާށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނެ އިންތިޒާމުތައް ހަޖެހިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވާއިރު، ހުރިހާ ބޭހެއްވެސް ލިބެން ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.