English Edition
Dhivehi Edition
އައްޑޫގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތެއްގެތެރެއިން: ފޮޓޯ ކައުންސިލް

އައްޑޫ އީދި ސަމާ 1446 ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، އައްޑޫސިޓީގެ 6 އަވަށުގައި “އައްޑޫ އީދި ސަމާ 1446” ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން މިއަވަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މިކްސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މި މުބާރާތުގައި ބައިވެރި ވެވޭނީ އައްޑޫއަށް ނިސްބަތްވާ އައްޑޫގެ ޓީމްތަކަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވައިދު ފޭދޫ އަވަށު އޮފީހުން ލިބެން ހުންނާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މިމުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ މޭއި 19، 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިމުބާރާތުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޭދޫ އަވަށު އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން މެންދުރު 13:00 އަށެވެ.