English Edition
Dhivehi Edition
އައިޝަތު އަސްނާ

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ ހަމަޖެއްސެވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެޕިއުޓީ ގަވަރުނަރަކަށް އަސްނާ ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު، އޭނާގެ ނަން ފޮނުއްވިކަން ވަނީ އިއުލާންކޮށްފައެވެ. އަދި މަޖިލީހުން ރުހުން ދިނުމުގެ ކުރިން އޭނާގެ ނަން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

މިހާރު އޭނާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓާ ސެކްޝަނާއެވެ.