English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، އޭޕްރިލް މަހުގެ 15 ވަނަ ދުވަހު (މިއަދު) ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ ބޭނުމަކީ އިޒްރޭލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ފެންނަ ކަމަށް ފާސްކޮށްފި

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުހުއްވަތްތެރި ރައްޔިތުންގެ ހައްގުޤުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސް މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.