ލާމު ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
އެ ހާދިސާގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، 30 އަހަރުގެ އިބްރާހީމް ނައުޒަމްއެވެ
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ލިންކްރޯޑުން ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އެކްސިޑެންޓެއް ވެފައިވާ ކަމަށް ރޭ ދަންވަރު 1:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ނިޔާވީ، ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:45 ހާއިރެވެ.
އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.