English Edition
Dhivehi Edition
އަވަސް އެމްވީ

ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ބަލައިގަންނަ ލީޑަރެއް އިދިކޮޅު ފަރާތްތަކަށް ނުނެރެވޭނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ އިދިކޮޅު ޕާޓީތަކުގައި ތިއްބެވީ އެއްބަޔަކު އަނެއްބަޔަކަށް ގޮތްދޫކޮށް އެއްގަލަކަށް އެރޭނެ ބައެއް ނޫންކަމަށާއި ޤާނޫނީ ޝަރުތު ހަމަވާ އެއްވެސް ލީޑަރަކު އިދިކޮޅު ފަރާތްތަކަށް ނުނެރެވޭނެކަމަށެވެ. މީގެ އިތުރުން އަޒްލީން ވިދާޅުވީ އިދިކޮޅު ލީޑަރުންނަކީ އިންތިޚާބުގައި ވާދަކުރެވޭނެ ޤާނޫނީ ހަމައެއްނެތް ބައެއްކަމަށެވެ. އަދި ލީޑަރުންނަކީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދީ ލީޑަރޝިޕް ދައްކައިދީ އެކަން ސާބިތުކޮށްދޭ ބައެއްކަމަށާއި އިދިކޮޅުގައި މުޅިވެސް ތިއްބެވީ ފެއިލްވެފައިވާ ލީޑަރުންތަކެއްކަމަށެވެ

ގުޅިފައިވާ ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ އިދިކޮޅު ޕާޓިތަކުން ޕްރައިމަރީއެއް ބާއްވާނެކަމުގެ ވާހަކަދައްކަމުންދާއިރު ކޮންމެ ބަޔަކުވެސް އެބައެއްގެ ޕާޓީގެ ލީޑަރަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓުކަމަށް ވިދާޅުވަމުން އަންނަކަމަށެވެ. މީގެ އިތުރުން އަޒްލީން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އެއްކެނޑިޑޭޓަކު ނެރުމަށް އެއްބަސްނުވެވި ކޮންމެ ޕާޓިއަކުން ކެނޑިޑޭޓަކު ނެރޭނެކަމަށާއި، އިދިކޮޅު ތިން ކެނޑިޑޭޓުން ތިންޕާޓިން ނެރުމަށް މަސައްކަތްކުރާނެކަމަށެވެ