English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މާލެއިން ބަދަލުތަކެއް ފެންނާނެ ކަަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތުގައި މާފަނު ދެކުނުގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ތަފާތު ފެންނަ ކަމަށާއި 30 ވަނަ ދުވަހު ނިކުމެ އެންމެން އެމަނިކުފާނަށް ވޯޓުލުމަށް އެދިލައްވާ ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ވާނެ ކަމުގެ އުންމީދުގައި ހުންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދިޔަ “ދޮރުން ދޮރަށް” ހަރަކާތް މާލޭގައި ކުރިއަށްދިޔައިރު، އެ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. އަދި ޕާޓީގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް އެކި ޓީމުތަކުން މި ހަރަކާތުގައި ބައިވެރިވިކަމަށް އެމްޑީޕީން ބުނެއެވެ.

https://x.com/ibu_2023/status/1705563336681697634?s=20

” މޮޅުވާނީ ކިހާ އިންސައްތައަކުން ކަން އަދި ހިސާބު ޖަހަން ދަތި. ސަބަބަކީ އަދިވެސް ހިޔާލު ހޯދުމުގެ ޕޮލްތައް ކުރިއަށް ދާތީ. އަދި އިންތިޚާބާއި ގުޅޭ ސަރވޭތައް ވެސް ކުރިއަށް އެބަދޭ. ” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވައުދުތައް އިތުރަށް ތަފްސީލްކޮށް ދެއްވުމުން އެކަމަށް ލިބުނު އިޖާބަ ވަރަށް ރަނގަޅު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.