English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އަވައްޓެރި ގައުމުތަކާއި އޮތް ގުޅުން ކަނޑުވާލުމުގެ މަސައްކަތްކަމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ

ޗެނަލް ތާޓީންނަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅުމަށްޓަކާ ނަޝީދު ކުރައްވާ މަސައްކަތުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުމުގެ ޒިންމާ ނަޝީދު އާއި އެމްޑީޕީ އިން ނަގަންޖެހޭނެކަމަށެވެ

ބޭރު ދުނިޔޭގައި ރާއްޖެއާއި ބެހޭގޮތުން ނަޝިދު ދައްކަވާފައިވާ ވާހަކަތަކަށް އިޝާރަތްކުރައްވާ ހަލީލު ވިދާޅުވީ ރާއްޖޭގައި ޓެރަރިސްޓުން އުޅޭ ކަމަށް ވިދާޅުވެ އަވައްޓެރި ގައުމުތަކުގައި ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާއަށް އެތެރެވުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެގެން ދިޔަކަމަށެވެ. އަދި ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު ނަޝީދުގެ ސަބަބުން ޔޫރަޕުން ރާއްޖެއަށް ދީފައިވާ އިނާޔަތްތައް ކަނޑާލާފައިވާ ކަމަށެވެ

ޗައިނާއާއި ރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުން ހަލީލު ވިދާޅުވީ ރައިސޫލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ޗައިނާ އާއި ވިޔަފާރީގެ ގުޅުން ގާއިމް ކުރެއްވީ، ޗައިނާއަކީ މިހާރު ދުނިޔޭގައި އެންމެ ބޮޑު އިގުތިސާދެއް އޮތް ގައުމުކަމަށް ވާތީ ކަމަށެވެ